ދިވެހި ފުލުހުންނާއި ސިފައންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންޖެހޭ ކަމަށް ގަބޫލު ކުރާ ބަޔަކު އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހަރުކަށި ވިސްނުން ފެތުރުން ހުއްޓާލަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ރަޝީދު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ސިފައިންގެ ތެރޭގައި ރައީސް ނަޝީދު އަވަހާރަ ކޮށްލަންޖެހޭ ކަމަށް ގަބޫލު ކުރާ ބަޔަކު އެބަތިބި ކަމަށެވެ. އަދި މިފަދަ ކަންކަމުގެ މައްސަލަތައް ބެލުމަށް ހެދިފައިވާ އިދާރާތަކުގެ ބައެއް ފަރާތްތަވެސް މިގޮތަށް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ރަޝީދު ވިދާޅުވީ، ގާނޫނު އަސާސީގައި މިހާރުވެސް މިފަދަ ކަންކަމަށް ގޮވާލާ މިފަދަ ކަންކަމަށް ހިތްވަރު ދޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅެން އެބައޮތް ކަމަށާއި، ފާޅުގައި މީހުން މަރަން ގޮވާ އެފަދަ ކަންކަމަށް ހިތްވަރު ދޭއިރުވެސް މުވައްސަސާތަކުން އެކަމަށް ފިޔަވަޅުތައް އަޅަމުން ނުދާކަމަށެވެ. އަދި މިއީ މުޅި މުޖްތަމައުއަށް އޮތް ބޮޑު ބިރެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މެމްބަރުގޭ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިކަންތައް މިގޮތަށް ވާން ދޫކޮށްލައިގެން ބަޔަކު އެބަތިބި ކަމަށާއި، އެމީހުން ހައްޔަރު ނުކޮށް މިފަދަ މައްސަލަތަކުގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ސިފައިން ކުރި ކަމެކޭ ބުނާކަހަލަ
ރަސީދު އަށް ތިކަން އެނގޭ އިރު މައުލޫމާތު ހިއްސާ ކުރަން އަވަސް ކުރުމަށް ގޮވާލަން