އެމްއައި ކޮލެޖުގެ ދޮރަށް ގެއްލުންދީ، އެ ތަނުން ވައްކަންކޮށްފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ހޯދަމުންދާ މީހާ ފެންނަ ވީޑިއޯއެއް ޢާންމުކުރުމަށްފަހު ފުލުހުން މިއަދު ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ ހުސްވި މާޗުމަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަޙްޤީޤަށް ހޯދަމުންދާ މީހެއް ކަމަށެވެ.
އެހެންކަމުން އޭނާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، މަޢުލޫމާތެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މަޢުލޫމާތު ހިއްސާކުރާއިރު، މި މައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު (481765) އެ މަޢުލޫމާތެއް ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.