ކޮވިޑާއި ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވި 352 މީހަކު ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން އިއްޔެގެ އެ ވަގުތާއި ހަމައަށް 352 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭގެތެރޭގައި މާސްކު ނާޅައި ބޭރުގައި އުޅުމުގެ ސަބަބުން ޖޫރިމަނާކުރި 135 މީހުން ހިމެނެއެވެ. އޭގެ އިތުރުން ކާފިއު ވަގުތުގައި ހުއްދަ ނުހޯދައި ބޭރުގައި އުޅުނު 217 މީހުން ވެސް ހިމެނެއެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވި ތިން ތަނެއް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.