ފައިޒާ އަދި މޮޑާާނާގެ ވެކްސިން އިންޑިއާއިން ފެނިފައިވާ އައު ވޭރިއަންޓްއާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދިރާސާ ތަކުން ދައްކައިފިއެވެ.
އެމެރިކާގެ ސައިންޓިސްޓުން ކުރި ތަހުލީލު ތަކުން ދައްކާ ގޮތުގައި އިންޑިއާއިން ފެނިފައިވާ އައު ވޭރިއަންޓްއާއި ދެކޮޅަށް މި ދެ ބްރޭންޑްގެ ވެކްސިންވެސް މަސައްކަތް ކުރެއެވެ.
އަދި މިއީ ތަހުލީލީ މަރުހަލާގައި އޮތް ދިރާސާއެއް ކަމުން މި ދިރާސާ ކުރި ސައިންޓިސްތުން ވަނީ މި ދިރާސާ ރަސްމީކޮށް އިޢުލާން ނުކޮށެވެ. ނަމަވެސް، ތަހުލީލުތައް އެއްކޮށް ނިމުމުން، މި ދިރާސާ އިޢުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ސައިންޓިސްޓުން ވަނީ ދެ ޑޯޒު ހަމަވެފައިވާ ފަރާތްތަކުގެ ލޭގެ ސާމްޕަލް ނަގައި، އިންޑިއާއިން ފެނިފައިވާ ވޭރިއަންޓް މި ލޭގެ ސާމްޕަލް ތަކާއި އެއްކޮށް އެއްވެސް ކަހަލަ ބަދަލެއް އާދޭ ތޯ ބަލާފައެވެ.