އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ފަލަސްތީނުގެ އެކި ހިސާބުތަކަށް ވައިގެ މަގުން ހަމަލާތައް ދޭން ފަށައިފި އެވެ.
އިސްރާއީލުން ވަނީ ރޭވެސް ފަލަސްތީނުގެ ޣައްޒާއަށް އެތައް ހަމަލާ ތަކެއް ދީ އެތައް ބައެއްގެ ގެދޮރު ބިމާއި ހަމަ ކޮށްލާފަ އެވެ. އެހެންނަމަވެސް ރޭ ދިން ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ފަލަސްތީނުން ހާމަ ކޮށްފައެއް ނުވެއެވެ.
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 212 އަށް މިހާރު އަރައެވެ. އޭގެތެރޭގައި 61 ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
އިސްރާއީލުން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް ދެވަނަ ހަފުތާއަށް އައިސްފައިވާ އިރު، ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރު ހުއްސަމް އަބޫ ހަރުބީދު ވަނީ ޝަހީދުކޮށްލައިފައެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް ޣައްޒާއަށް ހަމަލާތައް ދޭނެ ކަމަށް އިސްރާއީލްގެ ޗީފް އޮފް ސްޓާފް އަވިވް ކޮހާވީ ވަނީ ބުނެފަ އެވެ.
May allah give hell to israel president
May allah give hell to israel president