ޅ.ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ބަލަން ފަށައިފިއެވެ.
ނައިފަރުގައި ފުލުހުން ދެ ޒުވާނަކަށް އަނިޔާކޮށް ބިރުދެއްކިކަމަށް އެ ރަށުގެ ބައެއް މީހުންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވީ ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.
ހަމައެހެންމެ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، އެފަދަކަމެއް ޤާނޫނާއި ޚިލާފަށް ފުލުހުން ހިންގައިފައިވާނަމަ ޕްރޮފެޝަނަލް ކޮމާންޑުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.