ރާއްޖެއިން އިތުރު 1433 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ ސައުވިސް ގަޑިއިރުތެރޭގައި މާލެ ސަރަހައްދުން އިތުރު 1294 މީހުންނާއި، މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ބައެއް ރަށްރަށުން 134 މީހުންނާއި, ރިސޯޓުތަކުން 5 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 49956 އަށް އަރައިފައިވާ ކަމަށެވެ.
ހަމައެހެންމެ މިއަދު ޕޮޒިޓިވްވި މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޢަދަދު 16997 އަށް އަރައިފައިވާ ކަމަށާއި، އޭގެތެރެއިން 268 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި 28849 މީހުން ކަމަށެވެ.
ހަމައެއާއެކު ކޮވިޑު ޖެހުނު މީހުންގެތެރެއިން މިހާތަނަށް 101 މީހަކު ނިޔާވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.