ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މިއީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު: ރައީސް

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މެއި 17, 2021
ޚަބަރު
0
ހުވަދު އަތޮޅުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ޤާއިމުކުރާނަން: ރ.ޞާލިޙް

މިއީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ، ކައުންސިލުތަކުން ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން ހުވައި ކުރެއްވުމާއި، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ މާ ބޮޑަށް ޝާމިލުވާ ގޮތަށް،  ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމަކީ މިއަދު ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

”މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއް. ސަބަބަކީ މިއަދަކީ ހަޤީޤީ ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި،ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސް ކަމަށްވާތީ. އަދި މިއަދަކީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސް ކަމަށްވާތީ. ހަމައެހެންމެ ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެ ބޭފުޅުންގެ މަޤާމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެންނެވި ދުވަސް ކަމަށްވާތީ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކުން ވެސް ދޭހަވަނީ ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު ކަމަށެވެ. އެހެންކަމުން މިއަދު މި ހިނގަން ފަށާ ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ގެނައުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވި ކަމަށެވެ. އަދި ރައްޔިތުންގެ މަޝްވަރާއާއި އެއްގޮތަށް ޤާނޫނު އިސްްލާހުކޮށް ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެންނެވީ ރައްޔިތުންގެ ވިންދު ހުރީ އެ ބަދަލުތަކާއިގެން ކުރިއަށް ދިޔުމަށް ކަމަށްވާތީކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް މިހާރު އެހުރީ ކައުންސިލްތަކާ ހަވާލުކުރެވިފައި. ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިސާސް މިހާރު އެހުރީ ކަނޑައަޅައިފައި. ތިޔަބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަ ބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި، އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް ގެނައި މުހިންމު ބަދަލުތަކާއެކު ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

މާރޗް 24, 2023
އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In