ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ޓަކައި، ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނައިބް މިއަދު ރައީސް އޮފީހަށް ފޮނުވައިފި އެވެ.
މިކަމާއި ގުޅިގެން ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވީ ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވައިފައި ވާކަމަށެވެ..
މި ދެ ބިލު މަޖިލީހަށް ހުށައަޅާފައި މިވަނީ، ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދިން ހަމަލާއަށް ފަހު ދެ ބާރުގެ ވެރިންނަށް ދައުލަތުން ގެކޮޅު ހަމަޖެއްސުމަށާއި ވެރިންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމާއި ގުޅިގެންނެވެ.
އެ ހަމަލާ އަށްފަހު ޓެރަރިޒަމްގެ ހަމަލާތަކަށް ހިތްވަރުދޭ މައްސަލަ ބޮޑުވެ ފުލުހުން ވަނީ އެފަދަ ކަންކަން ބަލަން ފަށައިފަ އެވެ.