ރާއްޖެއިން ކޯވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 70 އަހަރުގެ އަންހެނަކު މިއަދު އިރުއޮއްސި 18:00 ގައި ނިޔާވެފައި ވާކަމަށެވެ. މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 101 އަށް އަރައިފައެވެ.
މިއީ ފާއިތުވެދިޔަ ހަތަރު ދުވަސްތެރޭ ރާއްޖެއިން ކޯވިޑް 19 އަށް ފައްސިވެ، ނިޔާވި 15 ވަނަ މީހާއެވެ.
ރާއްޖެ އިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 88 ދިވެހިންނާއި 13 ބިދޭސީންނެވެ. ކޯވިޑް ބަލީގައި އެންމެ ހަގު މީހަކަށް ރާއްޖެ އިން ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެމީހާ އަށް ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.