ޖޫން މަހުން ފެށިގެން ދެކުނު އޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލުއި ތަކެއް ދޭން ނިންމާފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލަން އަންގާފައެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން ހުއްޓައިލަން އަންގާފައި ވެއެވެ. އެހެން ނަމަވެސް އެނިންމުން ބަދަލުކޮށް މިމަހުގެ 11 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތް އޮތުން މި މަހުގެ ފަހުކޮޅު ރިވިއުކުރަން ނިންމާފައިވާ ކަމަށާއި، އަދި އަންނަ ޖޫން މަހުގެ ކުރީ ކޮޅު އޭޝިއާގެ ފަތުރުވެރިންނަށް ލުއިތައް ދެވިގެންދާނެ ކަމަށެވެ.
މިހާރު ދެކުނު އޭޝިއާ ސަރަހައްދުތަކުން އިންޑިއާ އާއި ސްރީލަންކާގައި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އަދި ބައެއް ގައުމުތަކުން ރެކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.