ރައްޔިތުން މަޖިިލިސް ގޮއްވައިލަންވީކަމަށް ޢާންމު ރައްޔިތަކު ބުނެފިއެވެ.
ޢާންމު ރައްޔިތަކު މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާާ ރާއްޖެ ޓީވީން ލައިވްކުރި ވަގުތު ކުރި ކޮމެންޓެއްގައެވެ.
އޭނާގެ ކޮމެންޓްގައި ބުނެފައިވަނީ މަޖިލިސް ގޮއްވައިލަންވީ ކަމަށާއި، ޙަރާމް ގޮތުގައި ރައްޔިތުންގެ ލާރި ބޭނުންކުރާ ބަޔަކު ތިބޭ ތަނެއް ބަހައްޓާނެ ކަމެއް ނެތް ކަމަށެވެ.
އޭނާ މިހެން ބުނެފައިވާ ކޮމެންޓްގެ ސްކްރީން ޝޮޓެއް ޓްވިޓާރގައި ހިއްސާކުރައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު(ވައްޑެ) ވަނީ މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި، ފުލުހުންނާއި، ސިފައިންނަށް ގޮވައިލައްވައިފައެވެ.
މީހުން ތަޙުގީގަށްފޮނުވާ ބިރުދެއްކުން ދޫކޮށް ތެދުވެރި ބަޔަކަށް ތިމާމެންވުން މާރަގަޅުވާނެ
Tiduniah jehu faith balaeh