ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ”ތިލަދުންމަތީ ދެކުނުބުރި/ހދ.އަތޮޅު ކުޅުދުއްފުށީ ކައުންސިލް“ މިއަދު އުވައިލައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުވެ، އެ ކައުންސިލުގެ މެންބަރުން މަޤާމުގެ ހުވައި ކުރެއްވީ މިއަދުގައެވެ.
އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ”ތިލަދުންމަތީ ދެކުނުބުރި/ހދ.އަތޮޅު ކުޅުދުއްފުށީ ކައުންސިލް“ އުވައިލައްވައިފައެވެ.
”ތިލަދުންމަތީ ދެކުނުބުރި/ހދ. އަތޮޅު ކުޅުދުއްފުށީ ކައުންސިލް“ އުވައިލެއްވުމާ ގުޅިގެން ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ”ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ“ ގެ ނަން، ”ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ“ ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.“ ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ މިހާތަނަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިވާފައި އޮތް ނަންބަރު 266 ކަމަށެވެ.