އެމްއެންޑީއެފުގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މޭޖަރ އިބްރާހިމް އާޒިމް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން މިއަދު ވަނީ ހާމަކުރައްވައިފައެވެ. އާޒިމްގެ އެފްބީގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ޓެސްޓު ހައްދަވައިފައިވާ ކަމަށާއި، ނަތީޖާ ލިބުނުއިރު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 44523 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ 741 މީހަކު ޕޮޒިޓިވްވިއެވެ.