ޖެނުއަރީ މަހު އިންޑޮނޭޝިޔާއަށް ވެއްޓުނު ބޮއިންގް މަރުކާގެ ބޯޓާއި އެކު، އެމެރިކާގެ އޭވިއޭޝަން ރެގިޔުލޭޓަރ އިން ބޮއިންގް 737 މަރުކާގެ ކުރީގެ ބޯޓުތައްވެސް ޗެކުކުރުމަށް އަންގައިފިއެވެ.
ޖެނުއަރީ މަހު އިންޑޮނޭޝިއާއަށް ވެއްޓުނު ބޯޓުގައި ދަތުރު ކުރި 62 މީހުން އެއްކޮށް ވަނީ މަރުވެފައެވެ. އެހެންކަމުން، އެފްއޭއޭ އިން ޢާންމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިހާރު ބޮއިންގްގެ ފަރާތުން ކުރީގެ 737 މޮޑެލްގެ ބޯޓުތަކުގެ އިންސްޕެކްޝަންތަކެއްވެސް ހަދަން ޖެހޭނެއެވެ.
ބެލެވޭ ގޮތުގައި، 143 މަތިންދާބޯޓު މި އިންސްޕެކްޝަންގައި ޗެކުކުރެވިގެންދާނެއެވެ.
އިންޑޮނޭޝިޔާގެ ސްރީވިޖޭޔާގެ ބޯޓު ޖެނުއަރީ މަހު ވެއްޓިފައިވަނީ 10،000 ފޫޓަށް އެރުމަށްފަހު ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.