އިންޑޮނޭޝިޔާގައި ކުޑަ ބޯޓެއްގައި ސެލްފީއެއް ނެގުމުގެ ތެރޭގައި އެ ބޯޓު ފުރޮޅާލައި 7 މީހުން ގެނބިގެން މަރުވެއްޖެއެވެ.
ޖާވާ ރަށަށް ނިޞްބަތްވާ މި ކުޑަ ބޯޓު ފުރޮޅާލާފައިވަނީ ނުކަތާވަރަށް މީހުން އެރުމުގެ ސަބަބުން ކަމަށް ޕޮލިހުންވަނީ މިހާރު ތަހުޤީޤުކޮށް ބުނެފައެވެ.
މި ކާރިސާ ހިނގާފައިވަނީ، 20 މީހުން އެއް ފަހަރާ ބޯޓުގެ އެއް ފަރާތަށް ސެލްފީއެއް ނެގުމަށް އެއްވުމުގެ ސަބަބުް ބޯޓު ފުރޮޅާލައިންނެވެ. ބޮޔޯލާލީ ސަރަހައްދުގައި ހިނގި މި ކާރިސާގައި ޕޮލިހުންގެ ބަސްދީގަތުން ދީފައިވަނީ ޗީފް ޕޮލިސް އަހުމަދު ލުތްފީއެވެ.
ޕޮލިހުން އިތުރަށް ވިދާޅުވެފައިވަނީ 11 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، 7 މީހުން ވަނީ މަރުވެފައިކަމަށެެވެ. އަދި 2 މީހުން އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
އޭގެ އިތުރުން، މި ބޯޓު ދުއްވަމުން ދިޔައީ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށްވެސް ޕޮލިހުންގެ ތަހުޤީޤަށް ވަނީ މިހާރު ސާފުވެފައެވެ.