މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކޮށްފި އެވެ.
މާލެ ސިޓީގެ 4 ވަނަ ކައުންސިލްގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދުގެ ޖަލްސާ ކުރިޔަށް ގެންދަނީ އޮންލައިންކޮށް ކަމަށްވާތީ ސިއްރު ވޯޓަކުން އިންތިހާބު ކުރަން ޖެހޭ ޑެޕިއުޓީ މޭޔަރ އިންތިހާބު ކުރުން ކުރިޔަށް ގެންދެވެން ނެތް ކަމުގައެވެ.
ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރަން ޖެހޭނީ، ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ޖަމާވެ ތިބެ ބޭއްވޭ ޖަލްސާއެއްގައި ކަމަަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ލަފާ ދީފައި ވާކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝްވެސް ވަނީ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު މި ކައުންސިލްގެ މަގާމުގެ މުއްދަތަކީ 5 އަހަރެވެ.