ހޮނިހިރު, އޭޕްރިލް 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ފިނިފިނި ވާރެއާ – 07

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މެއި 17, 2021
ވާހަކަ
4
ވާހަކަ: ފިނިފިނި ވާރެއާ – 03

ހަތްވަނަ ބައި

ޒާހިލްއަށް ޝުކުރު އަދާ ކުރުމަށްފަހު އަހަރެން ގެއަށް ވަންނަން ހިނގައިގަތީމެވެ. އަދި ލޮލުގެ ހިމަ ކޮޅުން އަޒާންއަށް އަހަރެން ބަލައިލިކަން އަޒާންއަށް ނޭނގުނީ އެ ވަގުތު ވެސް އަޒާން ހުރީ އަޒާން ފަސްދީ ދުއްވައިލި ޒާހިލްއަށް ބަލަން ކަމުންނެވެ.

ގޭގެ ދޮރު ހުޅުވަމުން އަނެއްކާ ވެސް ފަސް އެނބުރި ބަލައިލީމެވެ. އޭރު އަޒާން ހުރީ އަހަންނާ ދިމާއަށް ހިތްހަމަ ނުޖެހުމުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. މިތަން ފެނުމުން އަހަންނަށް ހިތް ހަމަޖެހުމެއް ލިބެންވީ ކީއްވެހެއްޔެވެ! ޚުދު މިސުވާލުގެ ޖަވާބު އަހަންނަކަށް ވެސް ނޭނގެއެވެ.

ޒާހިލްގެ ހުށަހެޅުމަށް އާނއެކޭ ބުނެ ދެވަނަ ދުވަހު ސައިކަލުގައި އަހަރެން ދިޔައީ ބޭނުންވެގެންނެވެ. އެހެންނަމަވެސް އެ ބޭނުން ފުދޭ ގޮތެއް ނުވިއެވެ. މިއަދަކު އެތާ އަދި އެހެންތާކުން ވެސް އަޒާން ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ލިބުނު މާޔޫސް ކަމުގައި ޒާހިލްއަށް ޝުކުރު ވެސް އަދާ ކުރާކަށް އަހަރެން ހަނދާނެއް ނެތެވެ. އަހަރެން ދާން ހިނގައިގަތުމުން ޒާހިލް ކޮންމެ ވެސް އެއްޗެކޭ ބުނެލި ވެސް މެއެވެ. އެކަމަކު އަހަރެން އަޅައެއް ނުލަމެވެ.

ޒާހިލްއާ އެކު އަހަރެން ދިޔަ ދެ ދުވަހަށްފަހު ތިންވަނައަށް ވީދުވަހު އަނެއްކާ ވެސް އެ ސައިކަލަށް އެރުމުގެ ޝައުގެއް އަހަރެންގެ ނެތެވެ. ކުރީ ދެދުވަހެކޭ އެއްފަދައިން އަހަރެންގެ ފަހަތުން އައިސް ޒާހިލް ސައިކަލް މަޑުކުރުމުން ބަލަހައްޓާއިގެން ހުރެވުނީއެވެ. އަރާށޭ ބުނީމާ ދެކޮޅު ހެދުމެއްނެތި އަރާ އިށީނީ މިއީ މިސައިކަލުގަ އަހަރެން ގެއަށްދާނެ އެންމެ ފަހުދުވަސްކަމަށް ނިންމައިގެންނެވެ. ކުރިމަތީ ބުނަން ނުކެރެއްޏާ ވައިބަރ ކުރާނީއެވެ. އޭރުން ޒާހިލްއަށް ވެސް އަހަރެން މިހެން ދާން ބޭނުން ނުވާކަން އެނގޭނެތާއެވެ. މުޅި ދަތުރުގައި ވެސް އަހަރެން ވިސްނީ މިކަމާއެވެ.

އަހަރެން ވިސްނަނީ ކޮންކަމަކާމެދުތޯ ޒާހިލް ދެފަހަރަކު އަހާވެސް ލިއެވެ. ކުޑަގޮތަކަށް ހީނލުމަށްފަހު ނުވިސްނަމޭ އަހަރެން ބުނީމެވެ. ގެއާ ހަމައަށް އާދެވުމުން ޒާހިލްއަށް މިއަދު ޝުކުރު އަދާކުރާނަމޭ ހިތާ އަނގަ ހުޅުވާލި ތަނުން ގޭ ދޮރުމަތީ އަހަންނަށް ފުރަގަސްދީގެން ހުރި އަޒާން އަހަންނަށް ފެނިއްޖެއެވެ. ޒާހިލް ގާތު މަޑުމަޑުން ޝުކުރިއްޔާއޭ ބުނުމަށްފަހު ގެއަށް ވަންނަން ހިނގައިގަތީމެވެ. އަޒާންއާ އަހަރެން އަރާ ހަމަ ވުމުގެ ކުރިން އަޒާން ކުރިއަށް ހިނގައިގަތެވެ. އޭނަގެ ފުރަގަހުގައި ވެސް ލޮލެއް ހުރޭ ހެއްޔެވެ! މިހެން ހިތަށް އެރުމުން އެއް މިޔަކަނުން އަޒާންއަށް ބަލާލުމަށްފަހު ހީނލީމެވެ.

އަހަންނަށްވުރެ ކުރިން ލިފުޓަށް ވަނީ އަޒާން އެވެ. ފަހަތުން އަހަރެން ވެސް ވަދެއްޖައީމެވެ. ހަވަނަ ފްލޯއަށް ފިތާލަން އަހަރެން ޙަރަކާތް ކޮށްލި ވަގުތު ކުއްލިއަކަށް އަޒާން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނައާ ވީފަރާތަށް އަހަރެން އަނބުރާލިއެވެ. އަޒާންގެ މި ކުއްލި ޢަމަލުން އަހަރެން ހުރީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރުކޮޅެއް ކުރިން އަހަރެންގެ މޫނުމަތީގައި ހުރި ޖެހިލުން ކުޑަކަމާ ބަދަލު ހިފާލެވުމުން ލިބުނު ހިތްހަމަ ޖެހުން ނެތިގެން ގޮސް މުޅި މީހާ ފިނިވެ ގަނޑުވި ކަހަލައެވެ. ބިރުން ގޮސް މޫނު ހުދުވި ފަދަ އިހުސާސެއް ވެސް ކުރެވުނެވެ. ހިތް ތެޅެނީއެވެ. ހީވަނީ މޭ ފަޅާލާފައި ނިކުންނަން އުޅެނީހެންނެވެ. ދެލޯ ހުރީ އާދަޔާ ޚިލާފަށް ބޮޑުކުރެވިފައެވެ. ޙައިރާންވި ވަރުންނެވެ.

“ ކީކޭ ހިތަށް އަރައިގެން ތިއުޅެނީ! “

އިސް ޖެހިފައިވާ އަހަރެންގެ މޫނަށް ބަލަން ހުރެފައި ދަތްދޮޅި ދަށަށް އިނގިލި ލައްވައި މޫނު ހިއްލާލަމުން އަޒާން އަހަންނާ ސުވާލުކުރިއެވެ. ލަފުޒުތައް ހަރުކައްޓެވެ. ނަމަވެސް އަޑުގައިވަނީ އެހެން ރާގެކެވެ. އެކަމަކުވެސް އެއްފަހަރު އަޒާންގެ މޫނަށް ބަލާލުމަށްފަހު އަހަންނަށް ލޯ މަރާލެވުނީ ބިރުންނެވެ.

“ ނޭނގޭތަ ތީ ކުޑަ ކުއްޖެއްކަމެއް! ބޮޑެތި ސިންގާ ފިރިހެނުންގެ ފަހަތަށް އަރާ އިންނަން! ގައިމު މަގޭ ސައިކަލަށް އެރި ދުވަހު ހީވީ ވަރަށް މައުސޫމު މީހެއް ހެން! ކޮން ފާޑަކަށް އުޅޭނަމޭ ހިތާ ތިއުޅެނީ؟“

އަޒާންގެ ޖުމުލްތަކުން އަހަރެން ނުލާހިކު ލަދު ގަތެވެ. ދެރަވިއެވެ. ތެދެކެވެ. އަހަންނަކީ އެއް އިރެއްގައި ވެސް ގޯސް ކޮށް އުޅުން ކީއްކުރަން އެފަދަ ނިޔަތެއް ވެސް އޮތް މީހެއް ނޫނެވެ. ވީއިރު އެހެން މީހުންނަށް ދައްކަން އަހަރެން މިކަން ކުރުމުގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ! އަހަންނަށް މި އުޅެވުނީ ކޮންފާޑަކަށް ހެއްޔެވެ؟

އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށިއިރު ވެސް އަޒާން ހުރީ ކުރިން ހުރި ގޮތަށް އަހަރެންގެ މޫނުމައްޗަށް ހިއްލާލައިގެންނެވެ. އަހަރެން ރޯތަން ފެނުމުން އަޒާން އަހަރެން ދުރުކޮށްލިއެވެ. އެ ދުރުކޮށްލުމުން ހުސްކަމެއް އަހަންނަށް އިހުސާސްވިއެވެ. އެއްޗެހި ގޮވަން ވެސް އެ ގޮތަށް އަހަރެން ކައިރިކޮށްގެން ހުންނަން ހިތް އެދުނެވެ. ދެން ވެސް އަހަރެން ހުރީ މަޑުމަޑުންނެވެ. އިސް ޖެހި ގޮތަށް އިސް އުފުލާލަން ނުކެރިފައެވެ. ނޫނެކެވެ ނުކުޅެދިފައެވެ.

އަހަރެން ހުރަސްކޮށް އަތް ގެންގޮސް ހަވަނަ ފްލޯގެ ބަޓްންއަށް ފިތާލީ އަޒާންއެވެ. އަޒާންގެ އަތް ޙަރަކާތް ކުރިހެން ހީވުމުން ވެސް މި ފަހަރު އަހަރެން ސިއްސައިގެން ދިޔައެވެ. އެކަމަކު އޭގެފަހަކުން އަޒާން އަހަރެންގެ ގަޔަކު އަތެއްނުލައެވެ. އަދި އިތުރު އެއްޗެކޭ ވެސް ނުބުނެއެވެ. ލިފްޓް ހުޅުވުމުން ބާރުބާރަށް ހިނގާފައި ގޮސް އަޒާން ކޮޓަރިއަށް ވަންނަން ދެން އަހަރެން ހުރީ ލިފްޓް ތެރޭގައެވެ.

މިއަދު ކަންތައް މިވީ ގޮތުން އޮފީސް ދެކެ އަހަރެން ފޫހިވެއްޖެއެވެ. އެހެންނަމަވެސް ވަކި ގޮތެއް ނުނިންމާ ދެ ދުވަހުގެ ސަލާމެއް ނެގީމެވެ. ޒާހިލް އިރު އިރުކޮޅާ ގުޅައެވެ. މެސެޖް ކުރެއެވެ. ބަލިވީތޯ އަހައެވެ. ކަމެއް ގޯސްވީތޯ ވެސް އަހައެވެ. އެއްވެސް ކަމެއް ނުވާކަމަށް ބުނާކަށް ވެސް ނުކެރުނެވެ. އެހެންކަމުން ދެ ދުވަސްފަހުން އޮފީހަށް ނުކުންނާނެކަމުގެ ޔަގީންކަން ޒާހިލްއަށް ދިނީމެވެ.

އޮފިހަށް ސަލާމް ބުނި ފުރަތަމަ ދުވަހު އަހަރެން ކޮޓަރިން ބޭރަށް ނިކުތީ ވެސް މެންދުރުވާން އުޅެނިކޮށެވެ. ރޭގެ ގިނަވަގުތު ކުރީ ދުވަހު ހިނގި ކަންތަކާމެދު ވިސްނުމުގައި ހޭދަ ކުރެވުމުން ނިދުނީ ވަރަށް ދަންވި ފަހުންނެވެ. ހޭލެވުނީ ވެސް ޒާހިލް ގުޅަން ފެށުމުންނެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު އަނެއްކާ ވެސް ލޯމަރާލީ ނިދާލުމުގެ ބޭނުމުގައެވެ. ދެން ހޭލެވުނީ ވަރަށް ބޮޑަށް ބަނޑުހައިކަމުގެ އަސަރުކޮށްގެންނެވެ. އެހެންކަމުން ފާޚާނާއަށް ވަނުމަށްފަހު ނިދާހެދުމާ އެކު ގޮސް ކާބަޔަށް ވަނީ ކައްކާ މީހާ ނޫން އެހެންމީހަކު މިގަޑީގައި އެތާ ނޫޅޭނެކަން އެނގޭތީއެވެ. ސައި ތައްޓެއް ހަދާލުމަށްފަހު ޕާން ފޮއްޗެއްގައި ކުރަމްޕީ ކޮޅެއް ހާކާލައިގެން ސައިބޯން އިންދާ ކާބައިގެ ދޮރުމަތިން މީހެއްގެ ހިލަން ވެއްޖެއެވެ. ހީކުރީ ކައްކާ މީހާ ބޭރަށް ޖެހިލާފައި ވަންނަނީ ކަމަށެވެ. އެހެން ކަމުން އަޅާވެސް ނުލާ އެއްފައި، ކައިރީގައި ހުރި ގޮނޑިއަށް ދަމާލައިގެން ނިކަން ހަމަ ޖެހިގެން ސައި ބޯލަ ބޯލާ އިނީމެވެ.އެކަމަކު އެހެން އިނދެވުނީ އިރުކޮޅަކުއެވެ.

“ ފަރީ ކީއްވެ އޮފީހަށް ނުދިޔައީ ! ބަލިވީތަ! “

އިވުނު އަޑާ މެދު ޔަގީން ނުވެގެން އަހަރެންގެ ބޮޑު ދެލޮލުން އަޑު އައި ދިމާއަށް ބަލާލެވިއްޖެއެވެ. ހީވީ ރަނގަޅަށެވެ. ކުރިމަތީގައި ހުރީ ކައްކާ މީހާއެއް ނޫނެވެ. އަޒާން އެވެ. އަޒާންގެ މޫނަށް ބަލަން އިރުކޮޅަކު އަހަންނަށް އިނދެވުނެވެ. އަހަރެންގެ މޫނުމަތިން އަޒާން ދަސްކުރީ ކޯއްޗެއް ކިހާ ވަރަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. އަޒާން ވެސް ހުރީ އަހަރެންގެ މޫނަށް ބަލާށެވެ! އަޒާންގެ ލޮލަށް ބަލަން ހުންނަން އުނދަގޫ ވެގެން އަހަރެން މޫނު އަނބުރައިލީމެވެ. ދެންވެސް ކަންހިނގީ ހަމަ އެހާ ހައިރާންވާގޮތަށެވެ. އަޒާން އައިސް އަހަރެންގާތު ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ.

“ އައިމް ސޮރީ………. އިއްޔެ ހިނގި ކަންތަކާ!“

އއަޒާން ބުނި ޖުމުލަ އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ފުންމައިގެން ގޮސް އަހަންނަށް އަޒާންގެ މެދުހަށީގައި ބައްދައިގަނެވުނެވެ. އަދި ގިސްލަ ގިސްލާފައި ރޯން ފެށިއްޖެއެވެ. އެތައް ދުވަހެއް ވަންދެން އުދާސްވަމުން އައި އަހަރެންގެ މައުސޫމު ހިތަށް ހަމަޖެހުމެއް ލިބެންދެން ރުއީމެވެ. އަހަންނަށް ވެސް ނޭނގި އެ ހިތަށް ވަނީ އެތައް އަނިޔާއެއް ލިބިފައެވެ. އެކަން މި އެނގުނީ ކުރެވުނު ކަންތަކުން ހިތަށް ލިބުނު ފިނިކަމަކުންނެވެ. އެ ފިނިކަން އެއީ އަހަންނަށް އަލަށް، މުޅިން އަލަށް ތަޖުރިބާ ކުރެވުނު ފިނިކަމެކެވެ.

ވަގުތުކޮޅެއް ފާއިތުވެ ދިޔައިރު ވެސް އަޒާން އަހަރެން ދުރަކަށް ނުޖައްސައެވެ. އަދި އަޒާން ގެ އަތުން އަހަރެންގެ ގައިގައި އަތް ޖައްސާ ވެސް ނުލައެވެ. އަހަރެން، އަހަރެންގެ ހާލުގެ މައްޗަށް ދޫކޮށްލައިގެންހުރީއެވެ. ބުނާކަހަލަ އެވެ. ރޯނެވަރަކަށް ރޯށެވެ. ހިތް ފުރެންދެން ރޯށެވެ. ތި ހިތުގެ ތެރޭގައިވާހާ އުދާހެއް ބޭރުވަންދެން ރޯށެވެ. ބައެއް ކަހަލަ ޙާލަތްތަކަކީ ބަސްމޮށުމަކަށް ބޭނުން ނުވާ ޙާލަތްތަކެވެ. ނުވަތަ އިޝާރާތް ތަކެކެވެ. މި ވެސް އެފަދަ ވަގުތު ކޮޅެކެވެ.

އަހަރެން ހަމައަކަށް އެޅި އަޒާންގެ ގައިން ދޫކޮށްލުމުން އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އަޒާން ނިކުމެގެން ދިޔައީއެވެ. އަހަރެން ވެސް ނިކުމެގެން ގޮސް ކޮޓަރިއަށްވަދެ ޗާޖަށް ޖަހާފައިވާ ފޯނު ނަގައިގެން ވައިބަރއިން އައިސްފައި ހުރި މެސެޖްތައް ބަލަން ފަށައިފީމެވެ. ބައެއް ގްރޫޕުތަކުގައި ހުރި މެސެޖްތަކަށް ޖަވާބު ވެސް ލިޔަމުންނެވެ. ފޫހިވަންދެން ފޯނު ހޭވުމަށްފަހު ނިންވާލަން އުޅެނިކޮށް އަނެއްކާ ވެސް ވައިބަރ މެސެޖެއް އައިސްގެން ބަލއިލީމެވެ. ނުދަންނަ، ސޭވް ނުކޮށް އޮތް ނަމްބަރަކަށް ވިޔަސް އެއީ އަޒާން ފޮނުވި މެސެޖެއްކަން ލިޔެފައި އޮތް އިބާރާތުން އެނގުނެވެ. ދެވަނަފަހަރަށް ވެސް މައާފަށް އެދިފައެވެ. އިއްޔެ ހިނގި ހާދިސާ އެ ގޮތަށް ހިނގީ އިޚުތިޔާރުން ބޭރުގައިކަމަށާ އެހެން ފިރިހެނެއްގެ ސައިކަލު ފަހަތައް އަހަރެން އަރަން ހިތް ހަމަ ނުޖެހޭތީކަމަށް ވެސް ލިޔެފައި އޮތެވެ. އެއަށް ޖަވާބު ލިޔާކަށް އަހަންނަކަށް ނުކެރުނެވެ. ބޭނުން ވިޔަސް އެވެ.

އަޒާންގެ މެސެޖް އަހަންނަށް ކިޔައިލެވުނީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. ކިޔަން ފަށާ ކޮންމެ ފަހަރަކު އެލިބޭ ހިތްހަމަ ޖެހުމެއް ބުނެދޭން ވެސް އުނދަގުލެވެ. އެނގޭ ކަމަކީ ހިތަށް އާދަޔާ ޚިލާފު ފިނިކަމަކާ އެކު ފޮނި ލައްޒަތެއް ލިބޭ ކަމެވެ. އަހަރެންގެ އިޙުސާސްތަކަށް، ޖަޒުބާތުތަކަށް އަދި އަހަރެންގެ އުޅުމަށް އައިސްގެން މިއުޅޭ ބަދަލަކާ މެދު ވިސްނާލަން އެހިސާބުން މަޖުބޫރުވިއެވެ. ފުރަތަމަ ފަހަރަށެވެ.

ލޯތްބޭ މިކިޔާ އިހުސާސް އަހަރެންގެ ހިތުގައި ހިނގަންފެށީ ނޫންބާވައޭ ހިތަށް އެރިއެވެ. އަނެއްކާ އަޒާންދެކެ އަހަންނަށް ލޯބި ވެވެނީ ނޫންބާ ! މިހެން ހިތަށް އެރުމާއެކު އަމިއްލަ ނަފުސަށް ނޫނެކޭ ބުނެ ދެއަތަށް ބޯހޫރާލެވުނެވެ. އަދި އާޒިމްއާ އަޒާން އަޅާ ކިޔައިލެވުނެވެ. އާޒިމްއަށްޓަކައި ވެސް އަހަރެންގެ ހިތުގައި މިފަދަ އިހުސާސެއް ހިނގިއެވެ. އެހެންނަމަވެސް އެ އިހުސާސް ފަހުން ބަދަލުވީ ބަދަލު ހިފުމުގެ ޝުއޫރު ތަކަކަށެވެ!

ނުނިމޭ…

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފަހު ބައި

މާރޗް 31, 2023
ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

ކުރު ވާހަކަ: މުށުން ދޫވިފަހުން – ފުރަތަމަ ބައި

މާރޗް 30, 2023
ކުރު ވާހަކަ: ހިމޭން ލޯބި

ކުރު ވާހަކަ: ހިމޭން ލޯބި

މާރޗް 29, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ސައުވީސް ވަނަ ބައި

މާރޗް 28, 2023

Comments 4

  1. Kamana says:
    2 years ago

    Varah reethi miahvure dhigukon hama nugenesdheveyne tha

    Reply
    • Ya says:
      2 years ago

      Kohme dhuvahakuves v inthixaaru kurevay vaahaka ah vv reethi

      Reply
    • Eynaa says:
      2 years ago

      Liyuntheriyaa shaam ge hurihaa vaahakaeh ves v v reethi. She is a Best writer.

      Reply
  2. ޔޫ says:
    2 years ago

    ވ.ރީތި.މިޔައް ވުރެ ދިގުކޮށް ކިޔާލަން ލިބިއް ޖެޔާ ވަރަށް އުފާވާނެ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In