މާލެ ސިޓީއަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރުންނާއި މޭޔަރު، މަގާމުގެ ހުވާކޮށްފިއެވެ.
މޭޔަރު ކަމުގެ ހުވާކޮށްފައި ވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. ކައުންސިލް މެމްބަރުންނަށް ހުވާ ލައި ދެއްވީ ދިވެހިރާޢްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީއެވެ.
މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ހުވާ ކުރައްވާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.
ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ 11 ގޮނޑިއެއް ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައިވެއެވެ.