ރާއްޖެއިން ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު 2 މީހަކު ނިޔާވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި އަންހެނަކު ފަތިހު 4:41 ގައި ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖެ އިން މިބަލީގައި ނިޔާވެފައިވާ މީހުންގެ އަދަދު ވަނީ 100 އަށް އަރާފައެވެ.
މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަނިކޮށް ރޭ 00:14 ގައ ނިޔާވެފައި ވަނީ ފިރިހެނެކެވެ.ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖެ އިން މިބަލީގައި ނިޔާވި 98 ވަނަ މީހާ އެވެ.
ރާއްޖެ އިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 13 ބިދޭސީންނެވެ. ކޯވިޑް ބަލީގައި އެންމެ ހަގު މީހަކަށް ރާއްޖެ އިން ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެމީހާ އަށް ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.