ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެ ރާއްޖެ އިން މިއަދު މިބަލީގައި ނިޔާވި މީހުންގެ އަދަދު 4 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ވިދާޅުވީ ބައްޔަށް ފައްސިވުމާއި ގުޅިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މިރޭ 10:44 ހާއިރު ނިޔާވެފައި ވާކަމަށެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 98 އަށް އަރައިފި އެވެ.
ރާއްޖެއިން މިބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ފަހަކަށްއައިސް އިތުރު ވެފަ އެވެ. އަދި ގާތްގާތުގައި ނިޔާވާ މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފަ އެވެ.