ރާއްޖެއިން މިއަދު ކޯވިޑް 19 އަށް 741 މީހުން ފައްސި ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު 741 މީހަކު ފައްސި ވެފައިވާއިރު މާލެ ސަރަހައްދުން އެކަނި 560 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި އަތޮޅުތަކުން 156 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން 25 މީހަކު ވަނީ ފައްސިވެފައެވެ.
މިއާއެކު ރާއްޖެ އިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 44،523 އަށް އަރާފައެވެ.
އަދަދުތަކަށް ބަލާލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 15،958 އަށް މިވަނީ އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 262 އަށް އަރާފައެވެ.
ރާއްޖެއިން މިބަލީގައި މިހާތަނަށް 97 މީހަކު ވަނީ މަރުވެފައެވެ. މިއަދު އެކަނިވެސް ރާއްޖެއިން މިބަލީގައި 3 މީހަކު ވަނީ ނިޔާވެފައެވެ.