ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވި، މުހައްމަދު ހަބީބު މަގާމުން މިއަދު ވަކިކޮށްފިއެވެ.
ހަބީބު އެންޑީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ، މިއަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ހަސަން ޝަހީލް އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންޑީއޭގެ ބޯޑުން އޭނާ މަގާމުން ވަކިކޮށްފައިވަނީ، ފާއިތުވި ދުވަސްތަކުގައި އޭނާ ކުރެއްވި މަސައްކަތްތަކުން އެދެވިގެންވާ ނަތީޖާއެއް ނެރެދެވިފައި ނުވާތީއެވެ.
އަދި ވަގުތީގޮތުން އެންޑީއޭ ހިންގުން ހެލްތު މިނިސްޓްރީގެ ސީއީއޯ އައިޝަތު ރަޝީދުއާ ހަވާލުކުރަން ނިންމާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން އަދި މިހާތަނަށް އެންޑީއޭގެ ރަސްމީ ބަހެއް ލިބިފައި ނުވެއެވެ.
Corruption corruption
Yameeen took 184 something million
This solih and nasheed took more then 350million
Everyone is corrupt atleast do something for the ppl don’t take it for ur selves clueless ppl will go on voting for these narcissist it’s time to elect young ppl and get rid of all these old politions