ފަލަސްޠީނުގައި ހުންނަ އަލް ޖަޒީރާގެ މައި ހެޑްކުއާޓަރު ބިމާ ހަމަކޮށްލުމުން ހިމޭނުން ނުތިބޭނަން ކަމަށް އަލް ޖަޒީރާއިން ހާމަކޮށްފިއެވެ.
ޤަޠަރަށް ނިޞްބަތްވާ އަލް ޖަޒީރާގެ މައި ހެޑްކުއާޓަރު އިޒްރޭލުން ވައްޓާލާފައިވަނީ އޭގެ 1 ގަޑި އިރު ކުރިން ބޮޑެތި އިންޒާރުތަކެއް ދިނުމަށްފަހުއެވެ.
”މިއީ ހަމައެކަނި މުސްލިމުންނާއި ދެކޮޅަށް ޔަހުދީއިން އިޢުލާންކޮށްފައިވާ ހަނގުރާމައެއް ނޫން. މިއީ މި ޤައުމުގައި ކަން ހިނގަމުން އަންނަ ގޮތް މީޑިޔާއަށް ސިއްރުކޮށް ދުނިޔެއަށް ނުދެއްކުމަށްވެސް ހިންގަމުން އަންނަ ކަމެއް“ އެ ސަރައްހަދުގެ ޗީފް ވާލިދް އަލް އޮމަރީ ވިދާޅުވިއެވެ.
މީސްމީޑިޔާ އަދި ނޫސްތަކުގައި ދައުރުވަމުންދާ ވީޑިއޯ ތަކަށް ބަލާލާއިރު، އަލް ޖަޒީރާގެ ބިލްޑިންގް ބިމާއި ހަމަވެ ބޮޑު ދުންގަނޑެއް އަރާ މަަންޒަރު ފެނިގެންދެއެވެ. އިޒްރޭލުން ވަނީ މި ހަމަލާ ދިނުމުގެ ކުރިން މި ތަން ހުސްކުރުމަށް 1 ގަޑި އިރުގެ މުހުލަތެއް ދީފައެވެ.
އިޒްރޭލުން ވަނީ މި ޢީމާރާތުގައި ހަމާސް ޖަމާޢަތަށް ވާގިދޭ އިންޓެލިޖެންސް މަޢުލޫމާތު ފަތުރާ ކަމަށެެވެ. އަދި މި އިމާރާތް ބިމާއި ހަމަކޮށްލަން ޖެހުނީ އެ ސަަބަބާއި ހުރެއެވެ.