ހައްދު ފަހަނާއަޅާފައިވާ އިސްރާއީލުން ކުށެއް ނެތް ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް، ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިފަދައިން ގޮވާލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ޝެއިހް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، މަސްޖިދުލްއަގްސާގައި އަޅުކަން ކުރަން ތިބި މުސްލިމުންނަށް ހަމަލާދިނުމާއި މެދުކެނޑުމެއްނެތި އިސްރާއީލުން އައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށާއި، އެހެން ކަމުން އިސާރާއިލުން ދެމުން ގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
އަދި އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް އިސްރާއީލުން ބަލައިގަންނަން ޖެހޭކަމަށެވެ.
Furathama iha mi male rayyathun myhaaya kaley men thikuramunda aniyaatha hutta Alan govaliyya maathaahiruvane baagalhu billey