މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2021 ވަނަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ މިއަދު ބާއްވާފިއެވެ.
”ފަހިވޯޓު“ މެދުވެރިކޮށް ބޭއްވުނު ޖަލްސާގައި 19 ހިއްސާދާރަކު ބައިވެރި ވެފައި ވާއިރު، ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރަކު ތަމްސީލު ކުރެވުނު ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްޓީސީސީއިން ބުނީ، ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ހިއްސާދާރުން ކަމަށާއި އެއީ މުޅިއަކު 5،590،778 ހިއްސާ ކަމަށެވެ.
އަދި މި ޖަލްސާގައި 2020 ވަނަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، އެ ކުންފުނީގެ ހިންގާ ގަވައިދަށް ގެނެވުނު އިސްލާހު ފާސްކުރެވުނު ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.