ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ ރާއްޖޭގައި މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުން 83 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 15:10 ގައި ނިޔާވެފައި ވާކަމަށެވެ.
މިއަދު ނިޔާވި 3 ވަނަ މީހާ އާއި އެކު މުޅި ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ، 97 އަށް އަރާފައެވެ.