ދިވެހި ބަހާއި ތާރީހަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ސޯދުބެ ކޯވިޑް 19 އަށް ޕޮސިޓިވް ވެއްޖެއެވެ.
ސޯދުބެ ބައްޔަށް ޕޮސިޓިވް ވުމާއި ގުޅިގެން މިހާރު ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.
މިކަމުގެ މައުލާމާތު އެނގޭ ފަރާތަކުން ”ދިޑެއިލީ“ އާއި ވާހަކަ ދައްކަމުން ބުނީ، ސޯދުބެ މީގެ 4 ވަރަކަށް ދުވަސް ކުރިން ހުން އައިސްގެން ބައްޔަށް ޓެސްޓު ކުރި ކަމަށާއި، ނަތީޖާ ލިބުނު އިރު ބައްޔަށް ފައްސިވެފައި ވާކަމަށެވެ. އެހެން ކަމުން އުމުރުން ދުވަސްވެފައި ހުރުމާއި އެކު މިހާރު ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސޯދުބޭގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
ސޯދުބެއަކީ ސަރުކާރުގެ ހިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ސޯދުބޭގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2019 ވަނަ އަހަރު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް ސޯދުބެއަށް އަރުވާފައެވެ.
ސޯދުބެއަށް އަށިފާއެއް ދެއްވާށި
ٱللهم أمين يارباالعالمين