މިހާތަނަށް ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 428،400 އަށް އަރާފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް 38،630 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.
އިއްޔެ އާއި ހަމައަށް ރާއްޖެއަށް ޖުމްލަ 428،400 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަޔް ކޮށްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 382،775 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި 2019 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަނީ 700،493 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ، ރަޝީއާ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިންގެ ގޮތުގައި އިންޑިއާ ފަތުރުވެރިން އައިސްފައި ވާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ޔޫކްރެއިން އިންނެވެ.
ރާއްޖޭގެ 154 ރިސޯޓަކާއި 422 ގެސްޓް ހައުސް އަދި 10 ހޮޓަލެއްގެ އިތުރުން 137 ސަފާރީ ދަނީ މިއަހަރު ފެށުނު ފަހުން އޮޕަރޭޓު ކުރަމުންނެވެ.