މާލޭ ސިޓީ ކައުންސިލުގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ކައުންސިލުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް މެދުކަނޑައިލައިފިއެވެ.
މާލޭގައި ވިހާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހެދެނީތޯ ޢާންމު ރައްޔިތަކު މިއަދު ޓްވިޓާރގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން މާލޭގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ ސިޓީ ކައުންސިލުގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މުވައްޒަފުންކަމެއް ޝިފާ ވިދާޅެއްނުވެއެވެ.
ޝިފާ ވިދާޅުވީ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައެއް މަސައްކަތްތައް 10 ދުވަހުގެ މުއްދަތަށް މެދު ކަނޑައިލައިފައިވާ ކަމަށެވެ. އެހެންނަމަވެސް އޮންލައިންކޮށް ސެޓުފިކެޓް ހަދަން ހުށަހެޅޭނެ ކަމަށެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އޭގެތެރޭގައި ސަރުކާރު އޮފީސްތަކާއި، އަމިއްލަ އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ވަނީ އަންގައިފައެވެ.
އާ މޭޔަރުގެ ފުރަތަމަ ފެނިލުމުގެ ނަތީޖާބާ