މީގެ ކުރިން އިންތިޚާބުތަކުގައި ވޯޓުދެއްވި ބޭފުޅުންގެ ބައެއް ނިންމެވުންތައް ފެނިފައި ވޯޓުދެއްވެވުނީތީ ސަހަރޯ ހިތަށް އަރާ ކަމަށާއި، ވޯޓުލުމުގައި ބައިވެރިވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށް، ނަފްސާނީ ޢިލްމުވެރިޔާ ޑރ.ޢާއިޝަތު ޢަލީ ނާޒް ވިދާޅުވެއްޖެއެވެ.
މާޒީއާމެދު ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް ނާޒް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޑރ.ނާޒް ވިދާޅުވީ ކުރިން ވޯޓުދެއްވި ބޭފުޅުން ޢަމަލުކުރައްވާ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ބައެއް ނިންމެވުންތައް ފެނިފައި ވޯޓު ދެއްވެވުނީތީ ސަހަރޯ ހިތަށް އަރާ ކަމަށެވެ.
އެހެންކަމުން ވޯޓުލުމުގައި ބައިވެރިވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.
”ވޯޓުނުލާން ނިންމީ. ކުރިން ވޯޓުލި މީހުން އުޅޭ ގޮތާއި، ޢަމަލުކުރާ ގޮތް ފެނިފައި ހިތްހަމަ ނުޖެހޭ. އެ މީހުންގެ ބައެއް ނިންމުންތައް ފެނިފައި ވޯޓުދެވުނީތީ ސަހަރޯ ހިތަށް އަރާތީ ބޭނުމެއްނޫން ބައިވެރިވާކަށް. އެކަމު ދަރިފުޅު އެބުނަނީ…..ހިނގާ ދަމާ..މަންމާ..މީ ޒިންމާ އެކޭ. ތެދެއް.“ ޑރ.ނާޒްގެ ޓްވީޓުގައިވެއެވެ
ވޯޓްލާންދަންވާނެ މިފަހަރު އެބައިމީހުންނަށް ނުލާނީ މިފަހަރު ޢެހެން މީހަކަށް ލާނީ
އިންޑިއާ ފަދަ ގައުމުތަކުގައި ނަފްސާނީ ބައްޔާ ބެހޭގޮތުން ކިޔަވައިދެއްވާ ރާއްޖޭގައި ހުރިވެސް ހުރި އެންމެ ރަނފަޅު ސައިކޭޓިސްޓް ކަނަށް ގިނަބަޔަކު ބުނަމުންދާ ނާޒު ފަދަ މީހަކަށް މިބުނެވުނު ހާދަހައި މުހިންމު ބޮޑު ހަގީގަތެ ދޯ؟ ވިސްނާ ފިކުރު ކުރާ މީހަކަށް ނުވެސް ހާދަ ވާހަކައެކޭ