އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އަކީ، މުޅި މާލެ އެއްކޮށް ފުނޑާލި މީހާ ކަމަށް، ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއިން ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ ތަކުގެ ކެމްޕެއިން ނިންމާލުމަށް، އއ.ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޝާހިދު ވިދާޅުވީ، ޑރ މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރި ރަނގަޅި އެއް ކަމެއްވެސް ނެތް ކަމަށާއި، ކުރިހާވެސް ކަމަކީ، މުޅި މާލޭގެ އެކި ހިސާބުތައް ފުނޑާލުން ކަމަށެވެ. އަދި ދެވަނަ ފަހަރަށް، މާލެ ފުނޑާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން މާލޭގެ މަގެއްގެ މަތީގައި ފެންބޮޑު ނުވާ ކަމަށާއި، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި ދިނީވެސް އަދުގެ ސަރުކާރުން ކަމަށެވެ.
ޖަލްސާގައި މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ޝީހިދު ވިދާޅުވީ، ބްރިޖް އެޅުމަކުން މައްސަލައެއް ނެތް ކަމަށާއި، މައްސަލަ އަކަށް ވަނީ، އެންމެ ފުރަތަމަ ރައްޔިތުންނަށް ދައްކާލި ޕްލޭންގައި ވާގޮތަށް ލޭންތައް ނެތުމުން ކަމަށެވެ. އިތުރު ދެ ލޭން އެންމެ ފުރަތަމަ ޕްލޭންގައި އޮތް ކަމަށާއި، ބްރިޖްގެ މަސައްކަތް ނިމުނު އިރު އެ ލޭންތައް ވަން ތަނެއްވެސް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، މާލޭގެ އިސްލާމީ މަރުކަޒުގެ ކުރިމަތީގައި މާބަލް ޖަހަންކަމަށް ވިދާޅުވެ ޖެހި މާބަލް ހަލާކުވަމުން އަންނަ ކަމަށާއި، އެއީ ދިވެހި ރައްޔިތުން ސަޖިދަޖަހާ ވަރުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މާލޭގެ ހުޅަނގު ފަރާތުގައި އަޅާފައި އޮތް ޓްރެކް އޮޅިގެން ދުވާ މީހުންގެ ފަޔަށް އަރަމުން ދިޔަ ކަމަށާއި، އެކަންވެސް އެންމެ ފަހުން ހައްލުކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
thi vaahaka dahkaa meehunnakee abaduves bondibah teli fahatun duvameehun anga oteema vaahaka dehkeyneta mihaaru rayitunnah negey kamehnoondho tee
އެމްޑީޕީ މީހުން ބުނި މައުމޫނު ދައުރު ލިބުނު ލާރި ޝާޙިދު ގެ ހަދާލީއޭ ޙަރާން ކޯރޭ…
prepaid vaguboats, carpet vagu shahid mihaaru ves yameen sarukaaruga muiz kuri
masakatheh raajeyga fennan othee kaley ge ainuge number badhal kurey
ތީ އެއްކަލަ ކަސަބު ލަންކާ ކާޕެޓް ގެއަށްގެންގޮސް ފޮރުވާ ރއްކާ ކުރި ޝާހިދު. މީނަ ދައްކާ ވާހަކަ ގަބޫލު ނުކުރާތީ އެކަކުވެސް. ތީ އަންނި ވެރިކަމުގައި ހިއްކި ގަސް ގަނޑެެއްގާ ފައި ޖައްސާ ވެސް ނުލާނެ ކަމަށް ބުނެ އަންނި އަށް މަލާމާތް ކުރި މީހާ.
Ganjab0h.kaleyge dheloh.Salaamathun that
hurrybodu inbilees Hunnah nubaakan Nikan dhekibala