އިންތިޚާބެއް ޖެހުމުން ރައްޔިތުންގެ ފައިބުޑަށް ވެއްޓިފައި, އިންތިޚާބުވުމުން ވޯޓު ހޯދަން ކުރި ވަޢުދުތައް ހަނދާންނައްތައިލި މީހުންނަށް ނޫނެކޭ ބުނަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޢާއިޝަތު ޢަލީ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ނިންމައިލުމުގެ ގޮތުން އއ.ރަސްދޫގައި އެމްޑީޕީން ބާއްވާ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު މިވަނީ އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިވެފައި ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ދޮންކޮށް ފައްކާކުރުމަށްޓަކައި އަތޮޅު ކައުންސިލު ތަކަށާއި، ރަށު ކައުންސިލު ތަކަށާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ތިއްބަވަން ޖެހޭނީ އެކަމަށް ޤާބިލް، ލާމަރުކަޒީ ނިޒާމު ދަންނަ ބޭފުޅުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ބާރުތައް މުށުތެރެއަށްލައިފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަކި ރަށެއް ތަރައްޤީކުރަމުންދިޔަ ކުރުމަށް ގޮންޖަހައިލައި ސަރަހައްދީ ތަރައްޤީއަށް އަތުކުރި އޮޅައިލީ އެމްޑީޕީންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ އިންތިޚާބެއް ޖެހުމުން ރައްޔިތުންގެ ފައިބުޑަށް ވެއްޓިފައި، އިންތިޚާބުވުމުން ވޯޓު ހޯދަން ކުރި ވަޢުދުތައް ހަނދާންނައްތައިލި މީހުންނަށް ނޫނެކޭ ބުނަންޖެހޭކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮބާ ރިޒޯޓު މުވައްޒިފުން ކޮންމެރެއަކު އަންހެނުންކައިރިއަށް ނިދަންފޮނުވަންބުނި ވައުދު. ކޮބާ ވިހާކޮންމެ ކުއްޖަކަށް ދޭންބުނި ފޮށި. ކޮބާ މުސާރައިގެ ވައުދު. ކޮބާ ދަނޑުވެރިންނަށްވީ ވައުދު. ކޮބާ މަސްވެރިންނަށްވީ ވައުދު. ކޮބާ ޖުޑިސަރީ އިސްލާހުކުރަންވީ ވައުދު. ކޮބާ ކޮރަޕުސަނަށްވީ ވައުދު. ކޮބާ މަސްވެރިންނަށްވީ ވައުދު. މިހެންގޮސް ކިޔާނި ކަމެއްނެތް. ތީ ވައުދުވެ ވައުދަ،‘ ހަރާމްކޯރުވާ ޕާޓީ. ވައުދު އުވާލާ ޕާޓީ. ތީ ރައްޔިތުންނަށް ދަޅަދައްކާ ޕާޓީ. މަގޭ ވޯޓެއް ތި ރީދޫ ޕާޓީއަކަށް ނުދޭނަން. އަދި މަގޭ އާއިލާ މީހަކުވެސް ތި ރީދޫ ބައިގަޑަކަށް ވޯޓެއް ނުދޭކަށް ނުނެރޭނެ. ތި ރީދޫ ބައިގަޑަށް މަވާ ސަލާމް. މަގޭ އާއިލާގެ ވޯޓުމަތިން ހަނދާން ނައްތާލާ. ދެން ލަލަލާ.
🌞🌺🌷🌷🌸👍🤲