ކޯވިޑް 19 އަށް ރާއްޖެއިން އިތުރު 113 މީހުން ފައްސިވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފިއެވެ.
އެއިދާރާއިން ބުނެފައިވަނީ، އިއްޔެގެ އިރު އޮއްސި 18:00 އިން ފެށިގެން މިއަދުގެ 18:00 އާއި ހަމަ އަށް މާލެއިން ކޮވިޑް 19 އަށް އިތުރު 56 މީހުން ފައްސިވެފައި ވާކަމަށެވެ. އަދި މީހުން ދިރިއުޅޭ ރައްތަކުން 46 މީހުން ފައްސިވެފައި ވާއިރު ރިސޯޓުތަކުން، 11 މީހަކު ފައްސިވެފައި ވާކަމަށް ވަނީ ބުނެފައެވެ.
މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެއިން މިހާތަނަށް ކޯވިޑް 19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ، 25،304 އަށް އަރާފައެވެ. މިހާތަނަށް މިބަލިން ރަނގަޅުވީ 22،166 މީހުން ރަނގަޅުވެފައި ވާއިރު، 85 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑުމިޓު ކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް މިބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ، 67 އަށް އަރާފައެވެ.