ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.
އެ 3 މީހުން ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫގެ އިތުރުން އައްޑޫ ސިޓީ މަރަދޫ އިންނެވެ.
މަރަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގަން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި އެރަށު ގެސްޓް ހައުސްއަކުން 28 އަހަރުގެ މީހަކާ 25 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 222 ރަބަރު ޕެކެޓު ވަނީ ފެނިފައިވެއެވެ.
ލ. މާމެންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް އާންމު ފަރާތަކުން ފުލުހުންނަށްދިން މަޢުލޫމާތަކާ ގުޅިގެން މާމެންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެރަށުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
މި މަހުގެ 6 ވަނަ ދުވަހު އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ރަބަރު ހޮޅިކޮޅު ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް މާމެންދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާދީފައިވެ ދީފައިވެއެވެ.
މި މައްސަލަތައް ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.