ދިރާގު ޓީވީގެ ޚިދުމަތް ރ. އަލިފުށީގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން އަލިފުށީގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދާދިފަހުން ސިނަމާޗީގެ މުޅިން އާއު ފިލްމު ޗެނަލްތަކަކާއެކު ގޯލްޑް ޕެކެއް ތައާރަފުކޮށްވާ ދަނޑިވަޅެއްގައެވެ.
ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަނެއް އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.
އެ ޕްރޮމޯޝަންގެ މުއްދަތު ތެރޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލައިލެވޭނެއެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.