ހޯމަ, އޭޕްރިލް 12, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދަރިވަރުންގެ އިނާމު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
އޭޕްރިލް 8, 2021
ޚަބަރު
0
ދަރިވަރުންގެ އިނާމު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި

”ޗިއަރިން-އަޕް ސްޓޫޑެންޓްސް- ބިޔޯންޑް ކޯވިޑް-19 އެކްޓިވިޓީ“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ އިއުލާނުކޮށް ވަނަތައް ހާސިލްކުރި ފަރާތްތަކަށް ސެޓްފިކެޓާއި، އިނާމް އަދި ޝީލްޑާއި ޓްރޮފީ މިނިސްޓްރީ އޮފް އެޑިޔުކެޝަނާ ހަވާލުކޮށްފި އެވެ.

ADVERTISEMENT

ރާއްޖޭގައި ހުންނަ ޖަޕެނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ އާއި ޖައިކާ އެލަމްނައި ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލި މި މުބާރާތަކީ ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލި އިރު ހިތްވަރު އާކޮށްދީ އަދި ކޮވިޑް ފަދަ ބަލިމަޑުކަމަކުން ސަލާމަތްވުމުގައި އާއްމު ސާފުތާހިރުކަމަށް ހިއްވަރުދީ ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ކުރެހުމުގެ މުބާރާތެކެވެ.

ކީސްޓޭޖް 1 އަދި 2އަށް މުބާރާތް ޚާއްސާކޮށްފައި ވަނީ ’ހައިޖީން އެވެއާނަސް‘ މި ސުރުޚީއެވެ. އަދި ކީސްޓޭޖް 3،4 އަށް ޚާއްސަކޮށްފައިވާ ސުރުޚީ އަކީ ’ބިޔޯންޑް ކޯވިޑް-19، ބިލްޑް ބެކް ބެޓަރ‘ އެވެ.

ޖައިކާ އަކީ ރާއްޖޭގެ ސްކޫލްތަކަށް ވޮލަންޓިއަރުން ފޮނުވައިގެން ޕީއީ މާއްދާ ކިޔަވައިދިނުމުގައި ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭ ޖަމާއަތަކަށްވާތީއާއި ޖައިކާ އިން ހުޅުވާލި މި ޕްރޮގްރާމްގައި ދެވަނަ ހަރަކާތަކަށް ކުރިޔަށް ގެންދިޔައީ ’އެންޖޯއިން އެކްސަސައިޒް‘ މި ސުރުޚީގެ ދަށުން ރާއްޖޭގެ ސްކޫލް ތަކުގައި ޕީ.އީ ކުރިޔަށް ގެންދެވޭގޮތް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ތައްޔާރުކޮށް ހުށަހެޅުމެވެ.

މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަހުމަދެވެ. އިނާމުތައް އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މރ. ކަވަސާކީ މިޓްސުޔާޝީ އެވެ.

ކުރެހުމުގެ މުބާރާތުން 1 ވަނައަށް ހޮވިފައިވާ ދަރިވަރުން
1- ކީސްޓޭޖް 1ން – ސީނު މަރަދޫ ސްކޫލް ގެ ގްރޭޑް 2 ގެ ދަރިވަރު އާމިނަތު އެލީނާ މުހައިމިން
2- ކީސްޓޭޖް 2ން – ބ. އަތޮޅު މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރު ފާތިމަތު ސާޔާ ހަސަން ސިމްރާހު
3- ކީސްޓޭޖް 3ން – ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރު މަރިޔަމް ޒާޔަން ހުސައިން އަލީ
4- ޕީއީ ވީޑިއޯ ކޮމްޕެޓިޝަން ގެ 1 ވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. 2 ވަނަ ގދ. ތިނަދޫ އަބޫބަކުރު ސްކޫލު ހޯދާފައިވާ އިރު 3 ވަނަ ހޯދާފައި ވަނީ އަމީނިއްޔާ ސްކޫލެވެ.

ކުރެހުމުގެ މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ އަށް އައި ދަރިވަރުންގެ އިތުރުން ކޮންމެ ކީސްޓޭޖަކުން ވެސް އެންމެ ފާހަގަކޮށްލެވުނު ކުރެހުންތަކަށް ސެޓްފިކެޓް ދިނުމަށް ޖައިކާއިން ނިންމާފައިވެއެވެ. ޕީއީ ވީޑިއޯ މުބާރާތުން ވަނަތައް ހާސިލް ކުރި ސްކޫތަކަށް ޕީއީ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރުމަށް އެހީތެރިވެދޭ އައިޓަމްތައް ޖައިކާގެ ފަރާތުން އިނާމުގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

ޖައިކާއިން އެޑިޔުކޭޝަން މިނިސްޓްރީ އަށް ތަފާތު ރޮނގުތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވަމުން ދާތީ އެކަން ފާހަގަކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވަނީ ޖައިކާއަށާއި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެ ފަދަ ހަރަކާތްތައް ސްކޫލް ދަރިވަރުންގެ މެދުގައި ކުރިޔަށް އޮތްތާގައި ވެސް ޖައިކާގެ ފަރާތުން ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޑރ. ރަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރަމަޟާން މަހަކީ އަންނަ އަންގާރަ ދުވަސް

މިއަހަރުގެ ރަމަޟާން މަހަކީ އަންނަ އަންގާރަ ދުވަސް

އޭޕްރިލް 12, 2021
ކޮވިޑް-19: 24 ގަޑިއިރުތެރޭގައި 16 ކޭސް

އިިތުރު 93 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޕްރިލް 11, 2021
މާރިޗު 15 ގެ ފަހުން ވޭމަންޑޫން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

މާރިޗު 15 ގެ ފަހުން ވޭމަންޑޫން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި

އޭޕްރިލް 11, 2021
ޕީޕީއެމް އިން ވާދޫ ކައުންސިލްގެ ސުޕަރ މެޖޯރިޓީ 4 ވަނަ ފަހަރަށް ދިފާޢުކޮށްފި

ޕީޕީއެމް އިން ވާދޫ ކައުންސިލްގެ ސުޕަރ މެޖޯރިޓީ 4 ވަނަ ފަހަރަށް ދިފާޢުކޮށްފި

އޭޕްރިލް 11, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    ޑރ.މުޢިއްޒާއި ގުޅިގެން ފިލްމީ ތަރި ޝިފާ ބުނުއްވީ ކީކޭ!

    0 shares
    Share 0 Tweet 0
  • އަޅުގަނޑުމެންނަށް މި އޮތް ދެއަހަރުތެރޭގައި މުޢިއްޒު ނިކަމެތި ކޮށްލެވިދާނެ: ނަޝީދު

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ނާކާމިޔާބީއާއި ގުޅިގެން، އެ ޕާޓީގެ ކުރީގެ ރައީސުންގެ ވަރުގަދަ ރައްދުތަކެއް!

    0 shares
    Share 0 Tweet 0
  • ”މާލޭ ރައްޔިތުންގެ ޑިކްޝަނަރީން އަންނިގެ ނަން ފޮހެލައިފި“

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In