ރ.އިނގުރައިދޫގައި ގޭސްފުޅިއެއް ގޮވައި، ދެ މީހަކަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
މި ހާދިސާ ހިނގީ އެ ރަށު ގުލްޒާރުގޭގައެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފުގެ ނައިފަރު ފަޔަރ ސްޓޭޝަންގައި ހަރަކާތްތެރިވާ ފަޔަރމަނުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަމައެހެންމެ އެ ހާދިސާގައި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އޭގެތެރެއިން އެކަކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ދެންހުރި މީހާއަށް އިނގުރައިދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.