އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަ ކުރައްވާ، އަނަސް އަބްދުލްސައްތާރް ހޮވިއްޖެނަމަ، ކެނެރީގޭ މޭޒު މައްޗަށް މާލެ ސިޓީގެ ހުރިހާ ބާރުތަކެއް ދާނެ ކަމަށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބް އަލީ ވިދާޅުވެއްޖެއެވެ.
ޝުއައިބު ވިދާޅުވީ، މޭޔަރު ކަމަށް އަނަސް ހޮވިއްޖެނަމަ، މާލޭގެ ކަންކަން ނިންމާނީ، ގަލޮޅު ކެނެރީގޭ ކާމޭޒު މަތީގައި ކަމަށާއި، އެ ގޮތަށް ކަންކަން ވުމުން މާލޭގެ ބިންތަކާއި، ވަސީލައްތައް ވިއްކާ ހުސްކުރާނެ ކަމަށްވެސް ޝުއައިބު ވަނީ ބުނެފައެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބް ވަކި ކުރުމުން، އޭނާ އަންނަނީ، އެމްޑީޕީ އަށާއި، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެމްޑީޕީ ހިންގަނީ ސީދާ ރައީސް ނަޝީދު ބޭނުންވާ ގޮތަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ މުއިއްޒު އަށް ތާއީދު ކުރުމަށް ޝުއައިބު ވަނީ ނިންމަވާފައެވެ.
ފުރަހަނި ޝުޢައިބު އަކީ 2004 ކުން ފެށިގެން އަޅުގަނޑު ދަންނަ އޭރުގައި ބަދަލަކަށް ކުރެވެން ފެށި މަސައްކަތުގައި ހިމެނޭ މަދު މީސްކޮޅު ގެ ތެރެއިން އުމުރަށް ޖަލަށް ލިޔަސް ހެޔޮކަމަށް ތައްޔާރުވެ އަމިއްލަ ނަމުގައި ހުރި ހުރިހާ އެއްޗެއް އެހެން މީހުންގެ ނަމަށް ބަދަލުކޮށް ރައްޔިތުންނަށްޓަކައި ގުރުބާންވި ރެޔާދުވާލު މަސައްކަތް ކުރި ވަރަށް ހީވާގި މީހެއް. އިބުރާ އާއި ޝުޢައިބު ފަދަ މީހަކު ކެނެރީގޭ ނަޝީދަށް އެގޮތަށް ތުހުމަތު ކުރާނީ ހާދަ ބޮޑު ހަގީގަތަކަށް ވީމަޔޭދޯ؟