ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީއިން ރޭ ހޯދި މޮޅާއި އެކު ސެމީ ފައިނަލާއި ގާތަށް އެޓީމުން ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ޕޯޓޯ އާއި ދެކޮޅަށް ޗެލްސީއިން ކާމިޔާބު ހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން ވަނީ، މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ޖޯޖީނިއޯ ދިން ޕާހަކުން ޗެލްސީއަށް ލީޑު ނަގައިދިނީ މޭސަން މައުންޓެވެ. އެލަނޑަށް ފަހުވެސް ޗެލްސީއިން ވަނީ ގިނަ ހަމަލާތަކެއް ޕޯޓޯގެ ގޯލަށް އަމާޒުކޮށްފައެވެ.
ޗެލްސީއިން އެޓީމުގެ ދަވަނަ ލަނޑު ޖެހީ މެޗު ނިމެން 5 މިނެޓައް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ޑިފެންޑަރު ބެން ޗިލްވެލްއެވެ.
ރޭ ކުޅުނު ދެވަނަ މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން 3-2 އިން ޕީއެސްޖީ ވަނީ މޮޅުވެފައެވެ.
ޕީއެސްޖީއިން މެޗުގެ ފުރަތަމަ ލަނޑު ނޭމާ ދިން ޕާހަކުން ކާމިޔާބު ކޮށްދިނީ، އެމްބާޕޭއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، ޕީއެސްޖީގެ މާކީނިއޯސް އެވެ. މެޗުގެ 37 ވަނަ މިނެޓުގައި ބަޔާންގެ އެރިކް މެކްސިމް ޗޮޕޮ މޯޓިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. ފ
ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ބޯޅައަކުން ތޯމަސް މުލާ ވަނީ މެޗުގެ ނަތީޖާ ބަޔާންއަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީ މެޗުން މޮޅުވި ލަނޑު ޖަހާފައެވެ.