ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޒުބައިރު މުޙައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ބުނެފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް, ގާޒީ އަލްއުސްތާޒު ޒުބައިރު މުޙައްމަދު ނިންމެވީ އެއްވެސް ޚަސްމަކު ހާޒިރުކުރުމަކާއި ނުލައި ކަމަށް ބުނެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ ގޮތުން ”މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ“ އިން އެ މައްސަލަ ބަލަން ނިންމައިފައިވާކަމަށެވެ.
އަދި މި މަހުގެ 07 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 30 ވަނަ ޖަލްސާގައި ތަޙްޤީޤު ކޮމިޓީއެއް އެކުލަވައިލެވިފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.