އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަށް ގައުމުގެ އަދުގެ ހާލަތު އިނގި ނުލައްވާކަމަށް، އިދިކޮޅު ޕީއެންސީގެ ރެޖިސްޓްރާ މުހައްމަދު އަފޫ ހާމިދު ވިދާޅުވެއްޖެއެވެ.
އަފޫ މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، އީސީ ޝަރީފް އަށް ގައުމުގެ ހާލަތު އިނގިލައްވާހެން ހީނުވާ ކަމަށާއި، ވޯޓު ލުމަށް 3 ދުވަހަށް ވަންދެން ރައްރަށުގައި ތިއްބެވި ރައްޔިތުންގެ އިތުރުން، ކެނޑިޑޭޓުނަށް އިންތިހާބުގައި ފޯރުކޮށްދޭންޖެހޭ ފާސްތަކާއި، އަތް މަތީ ފޮއްތައް ނުފޮނުވާ ހިފަހައްޓައިގެން ހުންނެވީ ކަމަށެވެ.
މީގެ އިތުރުން އަފޫ ވިދާޅުވީ، އިންތިހާބަށް 7 ދުވަހަށް ވުމުން، މޮނީޓަރުން އަދު އޮބްޒާވަރުންގެ ފާސްތަށްވެސް ޖެއްސެވީ ޕާޓީގެ ބޮލަށް ކަމަށާއި، ކެނޑިޑޭޓުންގެ ފާސްތައްވެސް ދިނީ 10 ދުވަހަށް ވެފައި އޮތްވާ ކަމަށެވެ. އަދި އަތްމަތީ ފޮތްތައް ދިނީ ރޭ ދަންވަރު ކަމަށްވެސް އަފޫ ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ޕާޓީ ތަކުގެ ކެނޑިޑޭޓުންގެ ފާސްތައް ވާނީ ޕާޓީ ތަކާއި ހަވާލު ކޮށްފައި ކަމަށާއި، މިނިވަން ކެނޑިޑޭޓުންގެ ފާސްތައް ވާނީ އެ ރައްތަކަށް ފޮނުވާފައި ކަމަށެވެ. އެހެން ނަމަވެސް އެ ތަކެތި ހުންނާނީ، އިދާރީ ފޮށި ތެރޭގައި ކަމަށާއި، އެފޮށި ހުޅުވޭނީ، 9 ވަނަ ދުވަހު ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް އަފޫ ވިދާޅުވީ، ވަގުތު ޖެހުމުން ހުރިހާ އެއްޗެށް ޕާޓީ ތަކުގެ ބޮލަށް ޖެހުމުން، ކޯވިޑްގެ މި ހާލަތުގައި، އަތޮޅުތެރޭގައި ތިބި ކެނޑިޑޭޓުނަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތި ވެފައި ވާކަމަށެވެ. އަދި މިއީ ސީދާ ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް އަފޫ ވަނީ ވިދާޅުވެފައެވެ.