ބްރިޖުން ފައިބައިގެން ހުޅުމާލެއަށްދާން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުކޮށްގެން ހުރި ސައިކަލެއްގައި ފުލުހުންގެ ވެހިކަލްޖެހި، ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 19:20 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި, އޭނާއަށް އެހައި ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދު ދުއްވައިފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.