ރ. އަލިފުށި މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.
އަލިފުށި މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
ރ. އުނގޫފާރުގައި އުފެދުނު ކޮވިޑް ކްލަސްޓާއާ ގުޅުން ހުރި މީހަކު، އަލިފުށިން ޕޮޒިޓިވްވުމާ ގުޅިގެން އަލިފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އަލިފުށިން ކޯވީޑަށް ފައްސިވީ އެންމެ މީހެއް ނަމަވެސް އޭގެ ފަހުން އެރަށުން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނައްސިވެފައެވެ.
އުނގޫފާރު ކުލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރު އަދި ރ. ހުޅުދުއްފާރު އަދި ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.