އޭޕްރިލް 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓުލާން ދިއުމުގެ ފުރުޞަތު ރައްޔިތުންނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ގޮވާލައިފިއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީވެފައި ވަނީ ވޯޓު ލުމުގެ ހައްޤު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށާއި ވޯޓު ރަޖިސްޓްރީ ވެފައިވާ ތަނަކަށް ވޯޓު ލާން ދިއުމުގެ ފުރުޞަތު ދިނުމަށް އެޗްޕީއޭއަށް ގޮވާލާ ކަމަށް ޝަރީފްގެ ޓްވީޓްގައިވެއެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ސަބަބުން އިންތިޚާބަށް ހުރަސްތަކެއް ހުރި ކަމަށް މީގެ ކުރިން އީސީން ވަނީ ހާމަކޮށްފައެވެ.