ރައްޔިތުން މަޖިލީހުގައި އެމްޑީޕީ މެންބަރަކު ޤަވާއިދާއި ޚިލާފުވެވަޑައިގެންނެވިއިރު ވެސް، އެކަން ނުހުއްޓުވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަކަރާތްޖައްސަވައި، ބޮޑު ކުޅިވަރަކަށް ހައްދަވައިފައިވާތީ ފާޑުކިޔުންތައް އަމާޒުވެއްޖެެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވާހަކަދައްކަވަމުން ގެންދެވި ހިނދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވަނީ، މެންބަރު ޝަރީފަށް ހުރަސްއަޅުއްވައި އަޑުގަދަކުރައްވައި، މަޖިލީހުގެ ޝަރަފާއި ކަރާމަތް ނަންގަވައިލާފައެވެ.
ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ”ރައްޔިތުން މަޖިލީހުގެ ޤަވާއިދު“ ގައިވާ ގޮތުން، މެންބަރަކު ވާހަކަދައްކަވަމުން ގެންދަވާއިރު އުނދަގޫވާފަދަ އެއްވެސްކަމެއް ކުރުމަކީ މަނާކަމެކެވެ.
ހަމައެހެންމެ މެންބަރުންގެ ޢަމަލުތައްްް އަބަދުވެސް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި، ޝަރަފާއި، ކަރާމާތާއި، ޢަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށާއި، މަޖިލީހުގެ ޤަވާއިދުގެ ރޫހަށް މަޖިލީހުގެ މެންބަރުން އަބަދުވެސް ޢަމަލުކުރަންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
”ރައްޔިތުން މަޖިލީހުގެ ޤަވާއިދު“ ގައިވާ ގޮތުން މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށްްް ޖެހުމެއްނެތި، ޤާނޫނު އަސާސީއާއި، މަޖިލީހުގެ ޤަވާއިދާއި، މަޖިލީހުގެ ނިންމުންތަކާއި، އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިދާރާާއާއި، މަޖިލީހުގެ ްްޖަލްސާތަކާއި، ކޮމިޓީތަކާއި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާއެވެ.
ހަމައެހެންމެ މަޖިލީހުގެ ޤަވާއިދާއި، މަޖިލީހުގެ ހުރުމަތާއި، ޤަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ. އެ ގޮތުން މަޖިލީހުގެ ޤަވާއިދަށް އުނިކަން އަންނަފަދަ އެއްވެސް ޢަމަލެއް ހިނގައިފިނަމަ، ނުވަތަ މަޖިލީހުގެ ޤަވާއިދަށް އުނިކަމެއް އަތުވެދާނެކަމެއް ބެލެވޭ އެއްވެސްކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ވެސް މަޖިލީހުގެ ރައީސްގެ ޒިންމާއެކެވެ.
ނަމަވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު މެންބަރު ޝަރީފަށް ހުރަސްއަޅުއްވައި އަޑުގަދަކުރެއްވިއިރު ވެސް، ރައީސް ނަޝީދު އިންނެވީ ހިނިފުޅުވަޑުވާށެވެ. އެ މަނިކުފާނުގެ މޫނުފުޅުމަތިން ފެންނަ އަސަރުތަކުން އެ މަނިކުފާނު ހުންނެވީ ހިނިގަނޑު އޮބަހައްޓަވައި ނުލެއްވެވޭވަރުވެފައިކަން ވެސް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ މެންބަރު ޙަސަން އަޙްމަދުގެ އަޚްލާޤީގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ކުށްވެރިއެއް ނުކުރައްވައެވެ. އެކަން ހުއްޓުވާކަށް ވެސް ނޫޅުއްވައެވެ. އެ ގޮތުން ރައީސް ނަޝީދުގެ ޢަމަލުފުޅުތަކުން ދޭހަވާ މެސެޖަކީ އެ މަނިކުފާނު ޙަސަން އަޙްމަދަށް ހިތްވަރުދެއްވިކަމެވެ.

މި ގޮތުން ގިނަބަޔަކު އަންނަނީ ރައީސް ނަޝީދަށާއި، މެންބަރު ޙަސަން އަޙްމަދަށް ފާޑުކިޔަމުންނެވެ.
ވިލިމާލޭ ދާއިރާގެެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ މެންބަރު ޙަސަން އަޙްމަދުގެ ކިބައިން ފެނިގެންދިޔައީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ. ”މިވަރު ވެގެންދިޔައިރު ވެސް މަޖިލީހުގެ ރިޔާސަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވޭ“ އުޝާމް ކަންބޮޑުުން ފާޅުކުރެއްވިއެވެ. މީގެ އިތުރުން އުޝާމް ވަނީ މަޖިލީހުގައި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ބިރެއްނެތި ބަސްބުނުމުގެ ފުރުސަތު ލިބެންޖެހޭކަން ވެސް ފާހަގަކުރައްވައިފައެވެ.
މެންބަރު ޙަސަން އަޙްމަދުގެ އެ ޢަމަލުތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ކިތަންމެ ބިރެއް ދެއްކެވިޔަސް ފަސްޖެހިވަޑައިގަތުމެއްނެތި ސަރުކާރު ޖަވާބުދާރީ ކުރެއްވުމަށްޓަކައި ކުރައްވާންޖެހޭ ހުރިހައި މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
”އެކަނި ހުންނަން ޖެހުނަސް މަޖިލީހުގައި ވެސް ސާބިތުކަންމަތީ ހުންނާނަން. ފަހަތަކަށް ނުޖެއްސޭނެ.“ ޝަރީފް ވިދާޅުވިއެވެ.
ތިޔަ ބައިގަނޑު އަމިލަޔަށް ކަރާމާތާ އިއްޒަތެއް އެބައޮތޭ ކިޔައިގެން މަމޮޅު ހެދިގެން އުޅެނީ. މަމެން ކައިރީ ތިޔައީ ޖަންވާރު ކޮއްޓެއް . ރައީސް މީހާ އިންނެވީ ހިނދު ކޮޅުގަ ކަމަށްވާނީ.އަދަބެއް އަޚްލާގެއް ޙިލްމެއް ނެތް ބަޔެއް .ޚާޢްޞަ ކޮށް އެމްޑީޕީ އާލާތުންނަކީ.
Mieegekuriee
Hasanteykaygenboygen
Aulhuniee
Falhurah rahshuvagurukuvaguruku
Alhaygen. Rundikaalhudharin kaandhieege thelhuniee. Kamamuosaanikubunie
ކައްބޮލު ނާށި ގަނޑަކުން ބޮލަށް ވެލިފުރަން ތިބި އެއްޗިހި މަޖޮލިހަށް ލީމަ ވާނެ ހައެތި…ތަވީދު ހަަސަނު
Hasatey Akiee fotegeaethere
Dhekunumieeheh. Nuokiyavaagenhurimieehenuo
Dhindiburihifaaygenmagumathiee
Dhuvunieema. Aendieepieen
Majilieehagondiyah genay. Gadhakamu. Mieehunafeysaadhieegen mieehunaholhuvaalaygen
Kogothehun naaniee. Hunaaniee.
Geribakarieegeusuolu. Thiyaiee
Insaanun. Gethereygagegulhenheyovaagemiehenuo
Sieedhaa. Ingurydhuo muosaa. Anikuvesbuni haynekotharekey
FothuEtherenudhekeymihaku gothenuhunaane
ކޮއިފުޅާ މަޖިލީހަކީ ހުރުމަތެއް އޮތް ތަނެއް ނޫން ހުރުމަތަކީ ﷲ ލެއްވިތަނެއްގަ ލެއްވި މީހެއްގަ ލެއްވި ވަރަކަށް އޮތް އެއްޗެއް
މީހަކަށް ބަޔަކަށް ކަޑާ ކޮށާ އެއްޗެއްނޫން
މަޖްލިސްގެ ރައިސްއަކީ ވަކަރުގޭމީހެއް ވަކަރުގޭ މީހުން ކިތަންމެއަޑު ގަދަކުރިއަސް މަޖްލިސްނުހުއްޓުވާނެ ވަރަށްސާފް އިނގޭތޯ