އުސޫލު ފާސްނުވަނީސް ޤަވާއިދާއި ޚިލާފަށް ގިނަ މެންބަރުންތަކެއް އެ ބޭފުޅުންގެ ދާއިރާއަށް ވަޑައިގެންފިއެވެ.
ރައްޔިތުން މަޖލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ސަލާމުގައި 22 މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އަދި އޭގެތެެރެއިން 20 މެންބަރުން ވަނީ އެ ބޭފުޅުންގެ ދާއިރާތަކަށް ވަޑައިގެންފައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޢާންމު ކޮމިޓީގެ އުސޫލު އަދި ފާސްނުވާ ކަމަށާއި، އެހެންކަމުން އެ 20 ބޭފުޅުންނަކީ އުސޫލުން ބޭރުން ދާއިރާއަށް ވަޑައިގެންނެވި މެންބަރުން ކަމަށާއި އުސޫލުގެ ދަށުން ވަޑައިގެން ތިއްބެވީ ދެ މެންބަރުން ކަމަށެވެ.
މަޖިލީހުގެ މެންބަރުން އެ ބޭފުޅުންގެ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ނިންމަން ހަމަޖައްސައިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގައެވެ.