ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ސައިޓް މޮބިލައިޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް އާއި ސީއީއޯ އާދަމް އާޒިމްގެ އިތުރުން އިސްވެރިން ބައިވެރިވެވަޑައިންނެވިއެވެ.
ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ހައުސިން މިނިސްޓްރީއިން ހަވާލުކުރި އެ މަޝްރޫއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމުމަށް ދީފައިވަނީ 100 ދުވަހުގެ މުއްދަތެކެވެ.