ކ.ހުރާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 162 އަށް އަަރައިފިއެވެ.
މި ނޫހަށް މަޢުލޫމާތު ދެއްވަމުން ހުރާ ހެލްތު ސެންޓަރުގެ މެނޭޖަރު މުޙައްމަދު ސާމީ މިއަދު ވިދާޅުވީ އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށާއި، އެ ގޮތުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 162 އަށް އަރައިފައިވާ ކަމަށެވެ.
ހުރާއިން ޕޮޒިޓިވްވި މީހުންގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަ ކުދިން ހިމެނޭކަމަށް މީގެ ކުރިން ސާމީ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ހައިރިސްކް ލެވެލްގެ މީހުން ވެސް ހިމެނޭ ކަމަށެވެ.
ހުރާގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނައިރު އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އޭގެ އިތުރުން އެ ރަށުގައި ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ.