ލޯކަލް ކައުންސިލް އިންތިޚާބުގައި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒާއި ކައުންސިލު ހަވާލުކުރުމަކީ ޑްރެކިއުލަރއަކާއި ބްލަޑް ބެންކް ހަވާލުކުރުންފަދަ ކަމެއްކަމަށް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސިފަކުރައްވައިިިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްސައްތާރުގެ ކެމްޕެއިން ހަރަކާތްތަކުގެތެރެއިން މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާއެކު އިއްޔެ ބޭއްވި ކަންމަތީ ބައްދަލުވުމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ހިންގުން ސިޓީ ކައުންސިލާއި ހަވާލުކޮށް އެކަން އެމްޑީޕީއަށް ދޭން އެންމެ ބޮޑަށް ބޭނުންވަނީ މާލޭގެ ރައްޔިތުން ކަމަށެވެ.
ހަމައެހެންމެ ޕީޕީއެމްގެ ވެރިކަމުގައި ސިޓީ ކައުންސިލުގެ ބާރު ކަނޑުވައިލައި ހަދައިލިގޮތް އެންމެންނަށް ސާފުކަމަށާއި، އިދިކޮޅު ޕާޓީއަށް ކުރެވުނުހައި ވެސް ކަމަކީ އެ ތަނުގައި ހުރި ގޮނޑި މޭޒުފަދަ ތަކެތި އުކައިލައި، ކައުންސިލަރުންނަށް އެ ތަނަށް ނުވަދެވޭ ގޮތް ހަދައި ކަފުންކުރުން ކަމަށެވެ.
އެހެންކަމުން މިފަދަ ބާރުތަކާއެކުގައި ލާމަރުކަޒީ ނިޒާމަށް އިންކާރުކުރަމުން ގެންދާ ސިޔާސީ ފަލްސަފާއެއް އޮތް ބަަޔަކާއި ކައުންސިލް ހަވާލުކުރުމަކީ ޑްރެކިއުލަރއަކާއި ބްލަޑް ބެންކް ހަވާލުކުރުންފަދަ ކަމެއްކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އަދި ނަމަނަމަ އެކަން ނުކުރުމަށް ވެސް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
Thiya vidhaalhuve lavvanee mueez hpvunas havaalu nukuraane vaahaka kamah dheyha vanee. hamahilaaa eheneh nuhedheyne